ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯންގެ އިޝްތިހާރެއް
ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯންގެ އިޝްތިހާރެއް
ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް މިއަދު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބޭންކުން ބުނީ، މިއަދުން ފެށިގެން ދަށްކުރެވުނު އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 އިންސައްތަ އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށެވެ. އެގޮތުން އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދުވެގެންދާނީ އެންމެ ކުޑަ އަދަދުގެ ގޮތުގައި ކަމަށާއި، މި ލޯން އެއްވެސް އިތުރު ރަހުނަކާ ނުލާ ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދެއްވައެވެ.

ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް ވަނީ 12 އިންސައްތަ އަށް އިތުރަށް ދަށްކުރެވިފައެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ "މި ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ 12 އިންސައްތަ އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ." ނިމާލް ވިދާޅުވިއެވެ.

ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް މިއަދު ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން