ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ނޫޅޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިންސްޓުރުމަންޓެއް ކަމަށެވެ. ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓްގައި މިސުކޫކު ހިމުނުމުގެ އިތުރަށް ބަޖެޓް ސްޕީޗްގައި މި ސުކޫކަށް އަލި އަޅުވާލެވި، އަދި ރަތްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިން އިންސްޓުރުމަންޓުތަކާއި ހިލާފަށް ޝަރީއާ ކޮމްޕްލައަންޓް ކުރުމަށްޓަކައި "އިންސްޓުރުމަންޓުގެ ސްޓްރަކްޗާގައި އެސެޓެއް ބެކް" ކުރެވިގެން އިޝޫ ކުރެވޭ އިންސްޓުރުމަންޓެއް ކަމަށާއި އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާމައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ނެރުނު ބަޔާނުގައިވެއެވެ.

"މީގެ މާނައަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ، 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏެއް) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް (މިނިސްޓްރީ އޮފް ފިނޭންސް އަށް) ލީސް ކުރުމެވެ." 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރާކަން ހާމަކޮށް ފިނޭންސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެ ކަމަށާއި އެހެންކަމުން އެ ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށް ފިނޭންސުގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މިމިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ ކަމަށެވެ. 

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކުއް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި ސުކޫކު އިޝޫކުރެވޭ ގޮތް ނުވީ ކަމަށެވެ.

އަދި ދައުލަތުން މަސައްކަތް ކުރަމުން މިދަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، އަދި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ  އެގޮތުން މިހާރު ބައިނަލްއަގްވާމީ މާލީބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުން ވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑޮޓް އިންސްޓުރުމަންޓެއްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނި ނަމަވެސް އިއްޔެ މީސް މީޑިއާގައި ދައުރުވަމުން ދިޔަ ފިނޭންސް މިނިސްޓަރގެ ސިޓީއެއްގައި ބުނެފައިވަނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކް ވިއްކުމަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އެސްޕީވީއެއް ހެދުމަށްފަހު ސްކޫކުގެ 51 އިންސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއް (މުދަލެއް)ގެ ބެނެފިޝަލް އޯނަރޝިޕް (މިލްކުވެރިކަން) މި އެސްވީޕީއަށް ބަދަލުކުރަންޖެހޭކަމަށެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން