ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ މުޢާމަލާތެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްގެން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން އުޅޭކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފިނޭންސް މިނިސްޓަރ ސޮއިކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ސިޓީއަކުންނެވެ. ނަމަވެސް މިސިޓީގެ ޞައްހަކަން ފިނޭންސް މިނިސްޓްރީއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓަރގެ ސިޓީގައިި ވިދާޅުވެފައިވަނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކް ވިއްކުމަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އެސްޕީވީއެއް ހެދުމަށްފަހު ސްކޫކުގެ 51 އިންސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ (މުދަލެއް) ބެނެފިޝަލް އޯނަރޝިޕް (މިލްކުވެރިކަން) މި އެސްވީޕީއަށް ބަދަލުކުރަންޖެހޭކަމަށް ސިޓީގައި ބުނެފައިވެއެވެ،

ފިނޭންސް މިނިސްޓަރގެ ސިޓީގައި ވިދާޅުވެފައިވަނީ މިވަގުތު ސަރުކާރުގައި ހުރި އެސެޓްތަކުގެ (ހަރުމުދާ) ތެރެއިން މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލްކަމަށެވެ. އެހެންކަމުން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓްރީ ފިނޭންސަށް ބަދަލުކޮށްދެއްވުމަށް ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ.

ސަރުކާރުން ބޮޑު ލޯނެއް ނަގަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެތަނަކީ ބޭނުން ނެތްތަނެއްކަމަށް ބުނެ މިސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ސިފަކޮށްފައިވަނީ ހޮހަޅައެއްފަދަ ތަނެއްގެގޮތުގައެވެ. އަދި އެއީ އިމާރާތް ކުރަން ހިނގާ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑު ހޭދައެއް ކޮށްގެން އަޅާފައިވާ ތަނެއް ކަމަށް ވެސް މިސަރުކާރުގެ އެންމެ އިސްވެރިން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން