20 ނޮވެމްބަރު 2026 ގައި ރިލީޒްކުރި "ކާލީ ކޭތީ" އަކީ ޖެކީ ޝްރޮފް، ޝަރަދު ކެލްކަރް އަދި ނޭހާ ސަރްގަމް މުހިންމު ރޯލުތަކުން ފެނިގެންދާ، އަވަށެއްގެ ބިމުގެ އަޑީގައި ފޮރުވިފައިވާ ނާމާން ސިއްރުތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބިރުވެރި ފިލްމް އެކެވެ.
މި ފިލްމުގެ ވާހަކަ ކުރިއަށްދަނީ ފަސްގަނޑު ދިރާސާކުރާ މާހިރެއް ކަމަށްވާ ކިޝަން (ޖެކީ ޝްރޮފް)، އަވަށެއްގައި ދިރިއުޅޭ އޭނާގެ ދަރިފުޅު ރޯހިތު (ޝަރަދު ކެލްކަރް) ގެ ގާތަށް ކުރާ ޒިޔާރަތަކުންނެވެ. ނަމަވެސް، ކުއްލިއަކަށް އޭނާގެ އަތްތިލައާއި ދޫ ކަޅުވެ، ބިރުވެރި ކުދިންތަކެއްގެ ސިފަތައް ފެންނަން ފެށުމުން، މި ދަތުރު ނާމާން އަދި ބިރުވެރި ކަންތައްތަކަކަށް ބަދަލުވެގެންދެއެވެ.
މި ސިއްރުތައް ފުންވަމުންދާ ވަރަކަށް، އެ އަވަށަށް ވެރިވެފައިވާ ނުބައި ބާރުތަކުގެ ހަގީގަތް ހޯދުމަށް ކިޝަން ގަދައަޅައި މަސައްކަތްކުރެއެވެ.
ފިލްމުގައި ޖެކީ ޝްރޮފްގެ ފަރާތުން ފެނިގެންދަނީ ވަރުގަދަ އަދި މޮޅު އެކްޓިންގެކެވެ. އަދި ރޯހިތުގެ ރޯލުން ޝަރަދު ކެލްކަރް ފެނިގެންދަނީ ވަރަށް ގުދުރަތީ ގޮތަކަށެވެ. ރާދާގެ ރޯލުން ނޭހާ ސަރްގަމް ހިތްގައިމު ހުނަރެއް ދައްކުވައިދިންއިރު، ރާޖޫގެ ރޯލު ކުޅުނު ކުޑަކުއްޖާ ސްޕަންދަން ސަމީރު ޖަވަލަގީގެ އެކްޓިން ވެސް ފާހަގަކޮށްލެވެއެވެ.
ޑިރެކްޓަރު ހާރިސް އިމްތިޔާޒް ޚާން ވަނީ ތަފާތު ބިރުވެރި ކޮންސެޕްޓެއް ގެނެސްދީފައެވެ. އަދި ކިރަން ދެއޯހަންސްގެ ސިނެމަޓޯގްރަފީން މަންޒަރުތަކުގެ ނާމާންކަން ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. އެހެންނަމަވެސް، ސްކްރީންޕްލޭ ދިއުޅި ދިގުވެފައި، ޚާއްސަކޮށް ފުރަތަމަ ހާފު ދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. މީގެ އިތުރުން، އެއްގޮތް ބިރުވެރި މަންޒަރުތައް ތަކުރާރުވުމާއި، ފިލްމު ނިންމާލާފައިވާ ގޮތް އެދެވޭ މިންވަރަށް ފުރިހަމަ ނުވުމަކީ ފިލްމުގެ ފެންވަރު ކޮންމެސް ވަރަކަށް ދަށްވެގެންދިޔަ ސަބަބެކެވެ.
ބައެއް ބިރުވެރި މަންޒަރުތަކާއި ތަރިންގެ ރަނގަޅު އެކްޓިން ފެނިގެންދިޔަ ނަމަވެސް، ޖުމްލަކޮށް "ކާލީ ކޭތީ" އަކީ ބެލުންތެރިން ހިތްހަމަޖައްސައިދެވޭ ފަދަ ފުރިހަމަ ސިނަމެޓިކް ތަޖުރިބާއެއް ގެނެސްދިނުމުގައި ކާމިޔާބުވި ފިލްމެއް ނޫން ކަމަށް ބައެއް ނޫސްތަކުގައި އޮތަސް ފިލްމް ރިވިއު ކޮށްފައި ޖަހާފައި ހުރި ބައެއް އެހެން ނޫސް ތަކުގައި ދީފަ ހުރި މިންގަޑުތަކަކީ ތަފާތު ރިވިއު ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު