ކާރިސާތަކުގެ ހިރާސްތަކާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ގިނަ ނުރައްކާތައް ދެނެގަތުމުގެ އިތުރުން ކުރިއަށް ލަފާކުރާ ނިޒާމުތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ސަރަޙައްދީ މާހިރުންގެ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ބައްދަލުވުމަކީ "ދަ ރީޖަނަލް އެކްސްޕަރޓް ގްރޫޕް މީޓިންގ އޮން ސްޓްރެންތެނިންގ ޑިޒާސްޓަރ ރިސްކް ޑޭޓާ އިންޓަރއޮޕަރަބިލިޓީ، މަލްޓި-ހަޒާރޑް ރިސްކް އެސެސްމަންޓް އެންޑް އިމްޕެކްޓް-ބޭސްޑް ފޯކާސްޓިންގ" ގެ ނަމުގައި ރާއްޖޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުން ނިންމާލުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކާއި، އޮބްޒާވަރު ޤައުމުތަކުގެ އިތުރުން ސަރަޙައްދީ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ބައިވެރިން ބައިވެރިވި ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމާއި، މި ދާއިރާއިން ދިމާވާ ޢާންމު ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ. އަދި ކާރިސާތަކުގެ ހިރާސްތަކާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތައް ދެނެގަތުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެކެވެ.
މި ބައްދަލުވުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ކަމަށްޓަކައި އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އޭޕީޑީއައިއެމް) އަދި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް) އަށް އެންޑީއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށާއި ކާރިސާތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބައިވެރިވި ހުރިހާ ޤައުމުތަކަށާއި، ފަންނީ މާހިރުންނަށްވެސް އެންޑީއެމްއޭގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް ރައްދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު