ޑރ، މުޒްނީ--
ޑރ، މުޒްނީ--
ޑރ. އަލީ މުޒުނީއަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.

މުޒްނީ މަސައްކަތްކުރާ ހޮސްޕިޓަލުގެ އެސިސްޓެންޓްއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން މިހާތަނަށް ވެސް ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

މުޒުނީ މިރޭ ފޭސްބުކުގައި ވިދާޅުވީ އޭނާއަށް ނިސްބަތްކޮށް ކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެހެންވެ އެ ދޮގު ތުހުމަތުކުރި ފަރާތާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

ޑރ. މުޒުނީ އަކީ ކަށީގެ ޑޮކްޓަރެެކެވެ. އަދި ބަލި މީހުން ބައްލަވަމުންދާތާ ގިނަ އަހަރުތަކެއްވެފައިވާ އިރު މިހާރު ފެންމަތިވެގެން އުޅޭ ފަދަ ތުހުމަތުތަކެއް ކުރިން ފެންމަތިވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު