ރަށްރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ގެންގޮސްފައި ހުރި ހޮޅިތަކާއި އެހެނިހެން ސާމާނުތައް ބޭނުންނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން، އަވީގައި ހުރެ ހިކި "ވަޅޯމަހަށް" ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޝާކިރު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާ ސުވާލުކުރައްވަމުން ޝާކިރު ވަނީ، ލ. އަތޮޅުގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން އެ މަސައްކަތްތައް އަލުން ފަށައި ނިންމާލެވޭނެ ތާރީޚަކާ ގުޅޭގޮތުން އޮޅުންފިލުއްވާފައެވެ.
އެތަކެތީގެ މަތީގައި އަޅާފައި ހުރި ސަތަރިތައް ހަލާކުވެ، އަވީގައި ހުރެގެން ސާމާނުތައް މުރަނަވެ ހަލާކުވަމުން ދިއުމަކީ ބޮޑު އިސްރާފެއް ކަމަށާއި، އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރީ އަހަރުތަކުގެ ބަޖެޓުތަކާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓުން ފެނާއި ނަރުދަމާގެ ދާއިރާއަށް ކަނޑައަޅާފައިވާ އަދަދު 258.5 މިލިއަން ރުފިޔާއިން 163.3 މިލިއަން ރުފިޔާއަށް، ގާތްގަނޑަކަށް 37 އިންސައްތަ ދަށްވެފައިވާކަން ޝާކިރު ފާހަގަކުރެއްވިއެވެ.
ބަޖެޓު މިހާ ބޮޑަށް ކުޑަވެފައިވާއިރު ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ޝާކިރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ސަރުކާރު ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫޢުތައް އެއްކައިރިކޮށް، އަމިއްލަ އެޖެންޑާއާއެކު ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތް ނަމަވެސް، ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ "ދޮންދަރިން" ކަމަށް ބަލައި ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަމުން އައީ އެއީވެސް އަމިއްލަ މަޝްރޫޢުތަކެއް ކަމަށް ދެކިގެން ނިންމުމަށް ކަމަށެވެ.
އަދި އަންނަ އަހަރުގެ ބަޖެޓު ކުޑަ ނަމަވެސް، އާ މަޝްރޫޢުތައް ފެށުން މަދުކޮށް، ބަޖެޓު ފަރުމާކޮށްފައިވަނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަންދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު