ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެ ސިޓީގެ ކުރިމަގުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ތަސައްވުރު ހާމަކުރައްވައިފިއެވެ.
'މޯލްޑިވްސް ލެޖާ' އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސައުދު ވިދާޅުވީ، ބޯހިޔާވަހިކަމާއި މަގުހެދުމާއި އަސާސީ ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް ގެނެސް، އަމިއްލަ ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާއާއި ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އަދި އާ އެއާޕޯޓެއް ތިނަދޫގައި އެޅުމާއި، ކާޑެއްދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން، ހުވަދު އަތޮޅުގެ 55 ރަށެއް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން ވެސް އޭނާ ވާހަކަފުޅު ދެއްކެވިއެވެ.
ސައުދު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މައްސަލައިގައި ތިނަދޫގެ ރައްޔިތުންނަށް އެންމެ ފައިދާހުރި، ޚަރަދު ކުޑަ އަދި ޢަމަލީ ގޮތުން އެންމެ ރަނގަޅު ޙައްލު ހޯދުމަށް ސަރުކާރާއެކު މަސައްކަތް ކުރުމަށް ކައުންސިލުން އޮތީ ތައްޔާރަށެވެ.
ހަމައެއާއެކު، ހުވަދު އަތޮޅުގެ 55 ރަށުގައި ރިސޯޓު ތަރައްޤީކުރުމުގެ ޕްރޮޕޯސަލް ސަރުކާރަށް ހުށަހަޅާފައިވަނީ، އެ ސަރަޙައްދުގެ ޤުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަޢާރަފުކޮށް، ރައްޔިތުންނަށް އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އާބާދީގެ ތަރައްޤީވަމުން އަންނަ ސަރަޙައްދުތަކުގައި ފެނާއި ކަރަންޓާއި ނަރުދަމާ އަދި މަގުހެދުމުގެ ލަސްވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ.
ތިނަދޫގެ އާބާދީގެ އަދަދުތަކާއި ސިޓީގެ ދަރަޖައާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ދައުވާތަކަށް އިޝާރާތްކުރައްވައި ސައުދު ވިދާޅުވީ، ސިޓީގެ ދަރަޖަ ދީފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.
އަދި އެ މައްސަލަ ސިޔާސީ ވެގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ މިހާރު ކޯޓުގައި ހިނގަމުންދާތީ ޝަރުޢީ ނިޒާމަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހެކިތަކާއި ރަސްމީ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދު ވިދާޅުވިއެވެ. ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ތިނަދޫއަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ސިޓީއަށް ވާނެ ކަމަށް ތަސައްވުރު ކުރައްވާ ކަމަށާއި، ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު