ޕީއެންސީ ގެ ނައިބު ރައީސް އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާޢު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޕީއެންސީ ގެ ނައިބު ރައީސް އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާޢު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމުގެ އިޤްތިޞާދީ މިސްރާބު ހަމަމަގަށް އެޅުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާޢު ތަޢުރީފު ކުރައްވައިފިއެވެ.

ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބްރާހީމް ޝުޖާޢު މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ކެތްތެރިކަމާއެކު ރައްޔިތުންގެ އަޑު އައްސަވަމުން ކަމަށެވެ. އަދި އެމަނިކުފާނު ވިސްނުންތެރިކަމާއެކު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ވޭތުވެދިޔަ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތަކުން ޤައުމު ސަލާމަތްވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.





މީގެއިތުރުން، ހިކުމަތްތެރިކަމާއެކު ކުރިއަށް ވަޑައިގެން، ރާއްޖޭގެ އިޤްތިޞާދީ މިސްރާބު އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ރައީސް ކުރައްވާ ތެދުވެރި އަދި އިޚްލާޞްތެރި މަސައްކަތްޕުޅަށް ޝުޖާޢު ވަނީ ލޯތްބާއެކު އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ޝުޖާޢުގެ ޕޯސްޓް ނިންމަވާލައްވަމުން، ވޭތުވެދިޔަ ކާމިޔާބު ތިން އަހަރުގެ މުނާސަބަތުގައި، އެ މަނިކުފާނަށާއި އެމަނިކުފާނު ތަމްސީލުކުރައްވާ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު