ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާނާއެކު ބަޔޯމެޓްރިކްސް ނަގައި، އެ މީހުންގެ ފުރިހަމަ މަޢުލޫމާތު ދެނެގަނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ ހާސިލުކުރެވިފައި ނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ ސާފު އަދަދެއް ނޭނގޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ވެސް މި މައްސަލަ ހައްލުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، މި ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ ފުރިހަމަ އިޚުލާސްތެރިކަމަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު ރާއްޖޭގައި ތިބި 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ނަގާ ނިމިއްޖެ. ބާކީ އެންމެ އިންސައްތައެއް. މިއަދަދަކީ، ދުނިޔޭގެ އެންމެ 1 އިންސައްތަ ޤައުމުން ހާސިލުކުރެވިފައިވާ އަދަދެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 13،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރުމާއި މަސައްކަތްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަނުން ދަނީ މެދުނުކެނޑި ޚާއްޞަ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު