ޒުވާނުންގެ ހަކަތަޔާނުލައި ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެ ކަމަށާއި، މާދަމާ ރާއްޖޭގެ މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށްޓަކައި މި ސަރުކާރުން ފާއިތުވި ތިން އަހަރު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ޤައުމީ ޚިދުމަތުގެ (ވަޠަނީ ޚިދުމަތުގެ) ޕްރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެގެން މުޖުތަމަޢަށް ނުކުމެފައިވާ ކަމަށެވެ. އެ ޒުވާނުންނަކީ ހިތުގައި ޤައުމީ ލޯބި އަށަގެންފައިވާ، އަޚްލާޤު ރަނގަޅު އަދި ވަގުތަށް ކަމޭހިތާ ބައެއްކަން ފާހަގަކުރައްވައި، މާދަމާ މުޖުތަމަޢުގެ އެކި މަޤާމުތަކާ އެކުދިން ޙަވާލުވާނީ ހަރުދަނާ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީވެސް ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ކާމިޔާބުކަމާއެކު ގިނަ ޒުވާނުންތަކެއް ތަމްރީނު ކުރެވިފައިވާ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުޅިވަރު ކުޅުމަށް ފަހި ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން ނެޓްބޯޅައާއި ފުޓްސަލް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކަންދެނީ ޤައުމީ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ، ކަރާމާތްތެރި ޚާރިޖީ ސިޔާސަތަކަށް ކަމަށެވެ. އެގޮތުން އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޤަދަރާއި ޢިއްޒަތް އުފުލިފައިވާ ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ތެރޭގައި ރާއްޖޭގެ އަޑަކީ މިހާރު ވަރަށް މުހިންމު އަޑެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އިޖުތިމާޢީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމުގެ އިތުރުން، އިސްރަށްވެހިންގެ ޚިޔާލާއި ތަޖުރިބާ އަދި މަސައްކަތުގެ އަޚްލާޤު ޒުވާނުންނަށް ފޯރުކޮށްދިނުމަށް 'އިސްރަށްވެހިންގެ ނާދީ' ގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މީގެ ސަބަބުން މުޖުތަމަޢުގެ ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ. މީގެއިތުރުން، ޚުލްޤު ހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފަށްޓަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ މަޞްލަޙަތު ނެގެހެއްޓެވުމަށް ކަމަށް ވިދާޅުވަމުންނެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމައަށް ފުއްދެވުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު