ލ. މާވަށު ސްކޫލުގައި އަލަށް އިމާރާތްކުރާ 9 ކްލާސްރޫމް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ޝަޓަރިންގ އާއި ދަގަނޑު ބަނުމުގެ މަސައްކަތް، އަދި ބީމްތަކުގެ ޝަޓަރިންގ މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލުތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ މައިގަނޑު ކޮންކްރީޓް ސްޓްރަކްޗަރ ވަރުގަދަކުރުމަށް ވާންޖެހޭ އެންމެހައި މުހިންމު ތައްޔާރީތަކެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމަށްޓަކައި ބޭނުންވާ ޝަޓަރިންގއާއި ދަގަނޑު އެޅުމުގެ މަރުހަލާގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ.
މާވަށު ސްކޫލުގެ ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގާ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢު ނިމި އިމާރާތް ބޭނުންކުރަން ފެށުމުން، މާވަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ދަރިވަރުންނަށް ފަހި އަދި އުނގެނުމަށް އެކަށޭނަ މާޙައުލެއް ޤާއިމުވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ސްކޫލުތަކުގެ ފެންވަރު މަތިކޮށް، ތަޢުލީމީ އުމްރާނީ ވަސީލަތްތައް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު