ސްރީލަންކާ ފުލުހުންނަށް އަލަށް ތަޢާރަފުކުރުމަށް ހުށަހަޅާފައިވާ ޔުނީފޯމުގައި ހިމެނެނީ އަޅިކުލައިގެ ގަމީހަކާއި ނޫކުލައިގެ ފަޓްލޫނެއް ކަމަށާއި، މިއީ ކެނެޑާގެ ފުލުހުން ބޭނުންކުރާ ޔުނީފޯމާ ވަރަށް އެއްގޮތް ޑިޒައިނެއް ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފުލުހުންގެ އިދާރާގެ އެތެރޭގެ މަސްދަރުތަކާ ޙަވާލާދީ ސްރީލަންކާގެ "ޑެއިލީ ނިއުސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޫން 2027 ގައި ތަޢާރަފުކުރުމަށް ތާވަލުކޮށްފައިވާ މި ޔުނީފޯމަކީ، މިހާރު ވިސްނަމުންދާ އެކި ފަރުމާތަކުގެ ތެރެއިން އިސްކަންދެވޭ އެއް ޑިޒައިނެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ ވަނީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ފުލުހުންނަށް އައު ޔުނީފޯމެއް ތަޢާރަފުކުރައްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ. އަދި މި ޔުނީފޯމު ފަރުމާކުރެވޭނީ ލަންކާގެ މޫސުމާ ވެސް ނުހަނު ގުޅޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕްރިޔަންތަ ވީރަސޫރިޔަ "ޑެއިލީ ނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަށް ބަދަލު ގެނައުމުގެ ޤާނޫނީ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމާ ގުޅޭ އިޖުރާއާތުތައް ކަމަށެވެ.
ފުލުހުންގެ ޔުނީފޯމަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު އިނގިރޭސި އިސްތިޢުމާރީ ޒަމާނުއްސުރެ ލަންކާ ފުލުހުން ބޭނުންކުރަމުން އަންނަ މުށި ކުލައިގެ ޔުނީފޯމަކީ ބޯ ފޮއްޗެއްގައި ފަހާފައިވާ އެއްޗަކަށް ވާތީ، ޤައުމުގެ ހޫނުގަދަ މޫސުމުގައި އެ ޔުނީފޯމު ބޭނުންކުރުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު