ފިނޭންސް މިނިސްޓްރީ-
ފިނޭންސް މިނިސްޓްރީ-
މިނިސްޓްރީ އޮފް ފިނޭންސްގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 3.11 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.

އެގޮތުން، މި މުއްދަތުގެ ތެރޭގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.64 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.54 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 6.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 1.56 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 7.6 އިންސައްތައިގެ އިތުރުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް