މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ހިމެނޭހެން، ރާއްޖޭގެ މައިގަނޑު ފަސް ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލެއްވުމަށްފަހު، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) ގެ ނަމުގައި އައު އިދާރާއެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އަލަށް އެކުލަވައިލެވުނު އެމް.ޓީ.އެޗް.ޖީގެ ގަވަރނިންގ ބޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން މަސައްކަތްކުރަމުންދާނެ ބޯޑެއްކަމަށެވެ. ސަރުކާރުން ގެންނެވި މި ބަދަލާއެކު އުވައިލައްވާފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން، މި ގްރޫޕާއި އަދި ބޯޑުގެ ބެލުމުގެ ދަށުގައިވާ އެންމެހައި ހޮސްޕިޓަލްތަކުގެ ކަންކަން ވިލަރެސްކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
ޖުމްލަ 17 މެންބަރުންގެ މައްޗަށް އެކުލެވޭ އެމް.ޓީ.އެޗް.ޖީގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، ޞިއްޙީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. ޢަބްދުލްޢަޒީޒު ޔޫސުފެވެ. އަދި އެ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ސީ.އީ.އޯގެ މަޤާމުގައިވެސް ހުންނެވި އަލްފާޟިލް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.

ކިޔުންތެރިންގެ ހިޔާލު