ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެމްޓީސީސީގެ މުވައްޒަފުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމު، ފޮޓޯ: އެމްޓީސީސީ
ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެމްޓީސީސީގެ މުވައްޒަފުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމު، ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ކޯލް ސެންޓަރުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ "ކޯލް ސެންޓަރ ސަރވިސް އެކްސެލެންސް" ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް އެމްޓީސީސީގެ ކޯލް ސެންޓަރުގެ 12 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ސިނާން ޢަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިނާން ވަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ބައިވެރިން ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ތަމްރީނުން ލިބުނު އާ މަޢުލޫމާތާއި ހުނަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކަސްޓަމަރުންނަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޕްރޮފެޝަނަލް ޚިދުމަތެއް ފޯރުކޮށްދިނުމަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން، ޚިދުމަތް ދިނުމުގައި ދިމާވާ ދަތި އަދި އުނދަގޫ ހާލަތްތަކާ އިތުބާރާއެކު ކުރިމަތިލުމަށާއި، ކަސްޓަމަރުންގެ ސުވާލުތަކަށް އަވަހަށް އަދި ފުރަތަމަ ފަހަރުންވެސް އެންމެ ރަނގަޅު ޖަވާބު ދިނުމަށް މި ޕްރޮގްރާމުގައި ވަނީ ދަސްކޮށްދީފައެވެ.

މީގެ އިތުރުން، މުވާޞަލާތީ ހުނަރުތައް ވަރުގަދަކޮށް، ކަސްޓަމަރުންނާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމުގެ މައްޗަށްވެސް މި ތަމްރީނުގައި އަލިއަޅުވާލާފައިވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކޮށް، ދިގު މުއްދަތަކަށް ކުންފުންޏަށް އޮންނަ އިތުބާރު ދެމެހެއްޓުމެވެ.

މި ތަމްރީނު ޕްރޮގްރާމް އެމްޓީސީސީގެ މުވައްޒަފުންނަށް ކުރިއަށްގެންދަވައިދެއްވީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ޓްރެއިނަރ، މަސްއޫދު ޢަލީއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް