މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް މުޙައްމަދު އަމީނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކު ކުރިމަތީގައި ބިނާކޮށްފައިވާ މި ޒަމާނީ ޓަވަރުގައި އިދާރީ މަސައްކަތްތަކަށް ހާއްސަ ބައިގެ އިތުރުން، ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިންގގެ ހިދުމަތް ވެސް ވަނީ ގާއިމުކޮށްފައެވެ.
ޖުމްލަ 10 ފަންގިފިލާގެ މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހުނާން ސިކްސް އިންޖިނިއަރިންގ ކޮމްޕެނީންނެވެ.
އެމްޓީޑީސީން ފާހަގަކުރި ގޮތުގައި، މި އައު އިމާރާތް ހުޅުވިގެން ދިއުމަކީ އެ ކުންފުނީގެ ތާރީހުގައި އަދި ކުރިއެރުމުގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީގެއިތުރުން، އަމިއްލަ އައު އޮފީސް އިމާރާތަކަށް ބަދަލުވުމާއެކު، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރެވި، އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު