ޤާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ރައްދުދެއްވައިފިއެވެ.
ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އިގުތިޞާދީ ރައްކާތެރިކަމަށް ގެއްލުންދޭ އަމަލުތަކާއި އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ އަދަބު ހަރުދަނާކޮށް ބޮޑުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށައަޅާފައެެވެ.
އެކަމާއި ގުޅިގެން ބައެެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ އިސްލާހުތަކަކީ ދިވެހިރާއްޖެއިން ޤާނޫނީ ގޮތުން އުފުލަންޖެހޭ ލާޒިމް ޒިންމާއެއް ކަމަށެވެ. އޭޖީ އުޝާމް ވިދާޅުވިގޮތުގައި، ޤަތުލުޢާންމު ހުއްޓުވުމާއި އެކަމުގެ އަދަބު ކަނޑައެޅުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 1984 ވަނަ އަހަރުގެ އެޕްރީލް 24 ގައެވެ. އެ މުއާހަދާގެ 5 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމަށް ޢަމަލުކުރުމަށް ބޭނުންވާ ޤާނޫނުތައް ހަދައި، އެފަދަ ކުށްތަކަށް ޖިނާއީ އަދަބު ކަނޑައެޅުމަކީ މެންބަރު ޤައުމުތަކުގެ މައްޗަށް ލާޒިމްކޮށްފައިވީ ނަމަވެސް، ފާއިތުވި 42 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައިވެސް ރާއްޖެއިން މި ޒިންމާ އަދާކޮށްފައި ނުވާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ކޯޓުތަކުގައި (އައިސީޖޭ) ހިނގމުންދާ ޤަތުލުޢާންމުގެ މައްސަލަތަކުގައި (މިސާލަކަށް "ގަންބިއާ އާއި މިޔަންމާ" އަދި "ދެކުނު އެފްރިކާ އާއި އިސްރާއީލް" މައްސަލަ) ދިވެހިރާއްޖެއިން ބައިވެރިވެ، އެފަދަ ޢަމަލުތައް ހިންގާ ޤައުމުތައް ޖަވާބުދާރީކުރުވުމަށް ވަކާލާތުކުރަމުންދާކަން އޭޖީ ހަނދާންކޮށްދެއްވިއެވެ. އެހެން ޤައުމުތަކުން އެ މުއާހަދާއަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، އަމިއްލަ ޤައުމުގައި އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް ނެތުމަކީ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖެއިން ހުށަހަޅާ ޤާނޫނީ ނުކުތާތަކުގެ ބުރަދަނަށް އަސަރުކުރާނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، ޤާނޫނުލްއުގޫބާތަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމުގެ އަދަބުތައް ޤާނޫނީ ގޮތުން ކަނޑައެޅުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

‘ޤަތުލުޢާންމު’ އަކީ ޖެނޮސައިޑް.
— Ahmed Usham (@a_usham) October 26, 2026
ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައި. އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، އެ މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި އެ… https://t.co/fqZLkm05Vd
މީގެ އިތުރުން، ބައިނަލްއަޤްވާމީ ކޯޓުތަކުގައި (އައިސީޖޭ) ހިނގމުންދާ ޤަތުލުޢާންމުގެ މައްސަލަތަކުގައި (މިސާލަކަށް "ގަންބިއާ އާއި މިޔަންމާ" އަދި "ދެކުނު އެފްރިކާ އާއި އިސްރާއީލް" މައްސަލަ) ދިވެހިރާއްޖެއިން ބައިވެރިވެ، އެފަދަ ޢަމަލުތައް ހިންގާ ޤައުމުތައް ޖަވާބުދާރީކުރުވުމަށް ވަކާލާތުކުރަމުންދާކަން އޭޖީ ހަނދާންކޮށްދެއްވިއެވެ. އެހެން ޤައުމުތަކުން އެ މުއާހަދާއަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، އަމިއްލަ ޤައުމުގައި އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް ނެތުމަކީ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖެއިން ހުށަހަޅާ ޤާނޫނީ ނުކުތާތަކުގެ ބުރަދަނަށް އަސަރުކުރާނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، ޤާނޫނުލްއުގޫބާތަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމުގެ އަދަބުތައް ޤާނޫނީ ގޮތުން ކަނޑައެޅުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު