އއ. މަތިވެރީ ސްކޫލުގައި ތަރައްޤީކުރަމުންދާ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢުގެ 25 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން އެ ރަށު ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، ދަރިވަރުންނަށް ފަހި ތަޢުލީމީ މާޙައުލެއް ޤާއިމުކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެގޮތުން، އިމާރާތުގެ ބެލްކަންޏާއި ސިޑީގެ އަތްގަނޑު (ހޭންޑްރެއިލް) ހަރުކުރުމުގެ މަސައްކަތާއި، އެތެރޭގެ ހުރިހާ ޕްލަމްބިންގ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މީގެއިތުރުން، އިމާރާތުގެ އެތެރޭގެ ސީލިންގ ހެދުމާއި ކަރަންޓު ވައިރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މި މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމުގެ (ޕްލާސްޓަރިންގ) 95 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެއްޔެއްގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިމުމުން މަތިވެރީ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު