ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަށް ގެންނަންޖެހޭ ކުރިއެރުންތައް ފާހަގަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ޚާއްސަ އަމާޒެއް ހިފާފައިވާކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ސިޔާސަތުތައް ހަރުދަނާ އުސޫލެއްގެ ދަށުން އެކުލަވާލުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރާ ޚަރަދުން އެންމެ އެދެވޭ ނަތީޖާ ނެރެދެވޭކަން ޔަގީންކުރުމަށްޓަކައި އިތުބާރުހުރި އަދި އަދާހަމަ ތަފާސްހިސާބުގެ ބޭނުން މިއަދު ރާއްޖެއަށް ނުހަނު ބޮޑަށް ޖެހިފައިވާ ކަމަށެވެ.
މާލީ ވުޒާރާގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ ޒިންމާދާރު ގޮތެއްގައި ދައުލަތުގެ މާލިއްޔަތު ބައްޓަންކޮށް، ފިސްކަލް ޕޮލިސީ ތަންފީޒުކުރުމާއި، ޕަބްލިކް ފައިނޭންސް މެނޭޖްކުރުމަށްޓަކައި ތަފާސްހިސާބުގެ ބޭނުން ވަރަށް ފުޅާ ދާއިރާއެއްގައި ހިފެމުންދާކަން ފާހަގަ ކުރަށްވާފައެވެ. އެގޮތުން ބަޖެޓް ތައްޔާރުކުރުމާއި، ފިސްކަލް ރިސްކްތައް ދެނެގަތުމާއި، ދައުލަތުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަމުގައި ތަފާސްހިސާބުން މުހިންމު ދައުރެއް އަދާކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހިސާބުތަކުން ދައްކުވައިދެނީ މަސައްކަތްތައް ކާމިޔާބުވި މިންވަރާއި، ހާސިލްވި ނަތީޖާގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސިޔާސަތުތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ޤައުމީ ތަފާސްހިސާބުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކުންވެސް ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އަމަލުކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި މި މަސައްކަތުގައި މާލީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިތުބާރުހުރި ތަފާސްހިސާބަކީ ރާއްޖެފަދަ ޑިމޮކްރެޓިކް މުޖުތަމައެއްގެ މައުލޫމާތުގެ ނިޒާމުގައި ހިމެނޭ އަގުނުކުރެވޭ ފަދަ މުހިންމު ވަސީލަތެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހުރިހާ އިދާރާތަކުން ގުޅިގެން، ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމުގައި ތަފާސްހިސާބު ބޭނުންކުރުން އިތުރުކުރުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމުގެ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް އެންމެން އެކުގައި ގަދައަޅައި މަސައްކަތްކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
"މޯލްޑިވްސް 2.0" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އިސްނެންގެވުމުގެ މަތިން، ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލް ނިޒާމަކުން މިހާރަށްވުރެ ފުޅާކޮށް ގުޅުވާލުމަށްޓަކައި ތަޢާރަފުކުރެވުނު ޚާއްޞަ މަޝްރޫޢެކެވެ. މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރެވުނު މި ޕްރޮގްރާމަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު