މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކުރުމަށްފަހު، އޭނާގެ ދަރިންނަށް މެސެޖުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވަނީ ގ. ބްލޫރިވަ، އާދަމް ރަޝީދުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައިވަނީ ހއ. އިހަވަންދޫ، ދުފާގެ، މުހައްމަދު މައުމޫންގެ ފޭސްބުކް އެކައުންޓް ހެކްކުރުމަށްފަހުގައެވެ. އެއަށްފަހު އާދަމް ރަޝީދު ވަނީ މައުމޫންގެ ފޭސްބުކް މެސެންޖަރ ބޭނުންކޮށްގެން، އޭނާގެ ދަރިއެއް ކަމަށްވާ ހއ. އިހަވަންދޫ، ރަތްއަސުރުމާގެ، ފާތިމަތު ހައުލާއަށް މެސެޖުކޮށް 1،000 ރުފިޔާ ހޯދާފައެވެ. އަދި މައުމޫންގެ އިތުރު ދަރިއެއް ކަމަށްވާ ހއ. އިހަވަންދޫ، ދުފާގެ، އަހްމަދު ހަމްދޫނަށް މެސެޖުކޮށް 3،500 ރުފިޔާ ފޮނުވުމަށް އެދިފައިވެއެވެ.
މި ފައިސާތައް ޖަމާކުރުމަށް އޭނާ ދީފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ހުސެއިން ރަޝީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓް ނަންބަރެވެ. އެ އެކައުންޓަށް ޖަމާވި ފައިސާ އާދަމް ރަޝީދު ނެގުމަށްފަހު އެ ފަރާތްތަކަށް އަނބުރާ ދީފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި އާދަމް ރަޝީދު ވަނީ ދައުލަތުން ކުރި ދައުވާއަށް އިއުތިރާފުވެފައެވެ.
އެހެންކަމުން، އޭނާގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ގާޒީ ވަނީ އޭނާ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު