ހއ. ހޯރަފުށީ މަގުހެދުމާއި ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަމަށް މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމާއި ފެންހޮޅި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
ކޮންސްޓްރަކްޝަން މިމިސްޓްރީން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. ހޯރަފުށީގެ މައި މަގު ހެދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ ހޯރަފުށީގެ އުތުރު ފަރާތުގައެވެ.
މި މަޝްރޫޢުގެ ދަށުން 12245 އަކަ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގެ ތެރޭގައި ސަބް-ބޭސް ތައްޔާރުކުރުމާއި، އެސްފަލްޓް އެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން، ފެންހޮޅި އެޅުން، މަގު ހުރަސްކުރާނެ ސިގުނަލްތައް ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ ހޯރަފުށީގެ ރައްޔިތުންނަށް ދިގުދެމިގެންދާނެ ފަސޭހަތަކެއް ގެނެސްދޭނެ، ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢެެކެވެ.

ކިޔުންތެރިންގެ ހިޔާލު