ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ބޮޑެތި ކުށްވެރިންނަށް، އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުންތަކަށް ރައީސުން އަދަބު ލުއިކޮށްދެއްވައި މައާފު ދެއްވަމުން އައި "ޒަމާންވީ ދޮރު" މި ސަރުކާރުން ގާނޫނީ ގޮތުން އެއްކޮށް ބަންދުކޮށްފި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، ހާސިލުކުރެވުނު ކާމިޔާބީތައް ހާމަކުރުމަށް އެމްއެމްޓީވީން ގެނެސްދިން ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގާނޫނުތަކަށް ގެނައި އިސްލާހުތަކަކީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ތަންފީޒީ އިދާރާތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ފުލުހުން އެތައް ވަގުތަކާއި ހަކަތައެއް އަދި ދައުލަތުގެ ބޮޑު ހޭދައެއް ކޮށްގެން ހައްޔަރުކޮށް، ކޯޓުތައް މެދުވެރިކޮށް 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން ވަރަށް ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެގެން ދިއުމެވެ. އެގޮތުން، އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ނުފޫޒުގެ ތެރެއިންނާއި އެކި ޕްރެޝަރުތަކާ ހެދި، އޭރުގެ ރައީސުންނަށް އަދަބު ލުއިކޮށްދިނުމުގެ ބާރު އޮތުމުގެ ނަތީޖާއެއްގެ ގޮތުން ކުށްވެރިން މިނިވަންވަމުން ދިޔަ ކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމަވެސް، މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މަސްތުވާތަކެތީގެ ގާނޫނަށާއި ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެނެސް، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާއަށްވެސް މައާފު ނުދެވޭ ގޮތަށް ގާނޫނު ވަނީ ހަރުކަށިކޮށްފައެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމެވުމެކެވެ. އަދި މި ބަދަލުގެ ސަބަބުން ކުށްވެރިންނަށް މައާފު ހޯދަން އެދި ރައީސްގެ އަރިހަށް މީހުން ދިއުން ހުއްޓި، އެ މަގާމުގެ ހައިބަތާއި ރައްކާތެރިކަންވެސް ކަށަވަރުވެގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވެރިކަން ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވޭތުވެދިޔަ ސަރުކާރުން 400 އެއްހާ ކުށްވެރިން ދޫކޮށްލި ހާދިސާއަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ، އޭގެ ތެރޭގައި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ބައެއް މީހުންގެ ބާކީ މުއްދަތު ތިން ދުވަހަށް ނުވަތަ ފަސް ދުވަހަށް ކުރުކޮށްލުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މިއީ ތަހުގީގުގައި އެތައް މަހަކު ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރި ފުލުހުންގެ ބުރަ މަސައްކަތް ފެނަށް ދުއްވާލުން ފަދަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އެޅި މި ހަރުދަނާ ފިޔަވަޅުތަކާއެކު، މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކާއެކު ދައުލަތުން ދެން އެއްވެސް "ކުޅިވަރެއް ނުކުޅޭނެ" ކަމުގެ ޔަގީންކަން ތަންފީޒީ އިދާރާތަކަށް ލިބިފައިވާ ކަމަށާއި، މި ބޮޑު މައްސަލަ ހައްލުކުރުމަށް ސަރުކާރުން އޮތީ ސާބިތުކަމާއެކު ކަމަށްވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު