އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށްފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޕެރޯލް ބޯޑުގައި ހިމެނޭ ހުރިހާ މުއައްސަސާތަކެއްގެ 9 މެންބަރުންވެސް މިހާރު ވަނީ މަގާމުން ވަކިކުރައްވާފައި ކަމަށެވެ. އަދި ޤާނޫނާ ޚިލާފާކޮށް އަބުޗާއަށް ދީފައިވާ ޕެރޯލް ބާތިލުކޮށް، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ދައުވާއަކާ ގުޅިގެން ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް (އުމުރު ދުވަހުގެ ހުކުމެއްގެ ގޮތުގައި) އަބުޗާގެ މައްޗަށް އައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، ތުހުމަތުކުރެވިގެން އޭނާ ފުރަތަމަ ބަންދުކުރެވުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށްވާތީ، ޖަލު ބަންދުގައި މިހާރު 6 އަހަރު ވެފައިވެއެވެ.

ޕެރޯލްގެ ޤާނޫނު ބުނާގޮތުން، މަސްތުވާތަކެތީގެ ޚާއްޞަ 3 ބާވަތެއްގެ ކުށް ފިޔަވައި އެހެނިހެން ކުށްތަކުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް ޕެރޯލްގެ ފުރުސަތު ލިބެނީ އެ މީހެއްގެ މައްޗަށް އައިސްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ފުރިހަމަ ކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް