ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްޞީލުތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތެރެއިން 53 މެންބަރުންގެ ވޯޓުންނެވެ.
މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ދައުލަތުގެ މިލްކިއްޔާތުގައިވާ އެއްވެސް މުދަލެއް ނުވަތަ ބިމެއް އެހެން ފަރާތަކަށް ދިނުމާއި، ކުއްޔަށް ދޫކުރުމާއި، ރަހުނުކުރުން ނުވަތަ މިނޫންވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެކަން ޤާނޫނުއަސާސީން ސާފުކޮށްދޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މައުލޫމާތު ހޯދުމުގެ މިނިވަންކަން ޤާނޫނުއަސާސީން ކޮންމެ މީހަކަށްވެސް ކަށަވަރުކޮށްދީފައިވާއިރު، ރަސްމާލޭގައި ތަރައްޤީ ކުރުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެގްރީމެންޓްގައި ސަރުކާރާއި އީގަލްސް ހިލްސްއާ ދެމެދު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކޮށްފައިވީ ނަމަވެސް، މަޝްރޫޢުގެ އެއްބަސްވުމުގެ ތަފްޞީލުތައް ހާމަކޮށްފައި ނުވާތީ މީކާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުން ބުނަނީ މަޝްރޫޢު ކުރިއަށްދާ ވަރަކަށް ތަފްޞީލީ އުސޫލުތައް އެކުލަވާލާނެ ކަމަށެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެއަކީ ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް ސަރުކާރުން ބުނާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު އެ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމަކީ ބޮޑު މައްސަލައެކެވެ.
އަދި އެ މަޝްރޫޢުގެ ދަށުން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް އެއްވެސް އެކުއިޒިޝަން ފީއެއް ނުވަތަ ކުއްޔެއް ނުނަގައި 99 އަހަރަށް އީގަލްސް ހިލްސް އަށް ދީފައިވުމާއި، އެ ބިމުގައި ތަރައްޤީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިންގ ލީޒް އިންޓްރެސްޓް އުފެއްދުމުގެ ޙައްޤު އެ ކުންފުންޏަށް ލިބޭގޮތަށް އޮތުމަކީ ދައުލަތުގެ މާލިއްޔަތަށް ނުހަނު ގެއްލުންވެ، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އޭނާ މަޖިލީހުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު