ސައުދީ އަރަބިއްޔާއާ ޔަމަނުގެ ހޫތީންނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ސައުދީ އަރަބިއްޔާއިން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ފެށީ 2015ވަނަ އަހަރުއެވެ. ނަމަވެސް ހަނގުރާމައިގައި ކޮޅެއް ނުޖެހި 2022އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އދ. މެދުވެރިވެގެން ކުރި މަސައްކަތުން އޮތީ ހަމަލާތައް މެދުކަނޑާލައިފައެވެ. ނަމަވެސް އިރާނުގެ ޝަހީދުކޮށްލާފައިވާ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީގެ ޖަނާޒާއަށް ދިޔަ ހޫތީންގެ ސަރުކާރުގެ ބަޔަކު އެނވުރި ގައުމަށް އައި މަގުމަތީ ސައުދީން ޔަމަނުގެ އެއާޕޯޓަށް ހަމަލާ ދިން މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހު އަލުން ހަނގުރާމަ ވަނީ ފެށިފައެވެ. އަދި ހޫތީން ދަނީ ސައުދީއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައި ޔަމަނާ ދިމާލުގައި އޮންނަ ބާބް އަލް މަންދަބު ކަނޑުއޮޅިވެސް ބާރުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ހޫތީން ސައުދީއަށް ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ ސައުދީގެ އިސްތިގުލާލަށް އަރައިގަތުންކަމަށް ބުނެފައެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށްވެސް ދެމުންދާ ހަމަލާތަކެއް ކަމަށް ބުނެ ހަމަލާތައް ހުއްޓާލުމަށް ވަނީ ގޮވާލައިފައެވެ.
ރާއްޖޭގައި ބަޔާނުގައި ވަކިން ހާއްސަކޮށް ސައުދީގެ އާންމުންނަށް އަމާޒުވަމުންދާ ހަމަލާތަކާއި ސައުދީ ކިންގް އަބްދުﷲ ފައިނޭންޝިއަލް ޑިސްޓްރިކްޓްއަށް ދިން ހަމަލާތައް ކުށްވެރިކުރިއެވެ.
އަދި ހޫތީންގެ ހަމަލާތަކާ ގުޅިގެން ގަލްފު ސަރަހައްދު ނުރައްކަލަށް ހުށަހަޅި ހަމަޖެހުން ގެއްލިފައިވާކަމަށް ރާއްޖެއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު