މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް ހިމެނޭ ލޮކަރުތަކެއް އުސޫލާ ޚިލާފަށް ހުޅުވާފައި ހުރި މައްސަލައެއް ފެންމަތިވެ ބެލި ބެލުމުން، އެއްވެސް ލިޔެކިޔުމެއް އަދި އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ މިނިސްޓްރީގެ އިސްވެރިންނެވެ. ހައުސިން މިނިސްޓްރީން ފުލުހަށް މައްސަލަ ހުށަހެޅީ އެ އިދާރާގެ ރަސްމީ މުހިންމު ލިޔެކިޔުންތަކެއް ރައްކާކޮށްފައި ހުރި ލޮކަރުތަކެއް، ކަނޑައެޅިފައިވާ އުސޫލުތަކުން ބޭރުން ބަޔަކު ހުޅުވާފައިވާ ކަމަށް ޝައްކުކުރެވިގެންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މިނިސްޓްރީން ހުށަހެޅި މި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް އެތަނަށް ގޮސް ހާލަތު ބަލައި، ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އެގޮތުން، ފުލުހުންގެ ހާޒިރުގައި މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން ވަނީ އެ ލޮކަރުތަކުގައި ހުރި ހުރިހާ ލިޔެކިޔުންތަކެއް ޗެކްކޮށް، ފުރިހަމައަށް ބަލައި ފާސްކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ލޮކަރުތައް ހުޅުވާފައި ހުރި ނަމަވެސް އެތަނުގައި ހުރި އެއްވެސް ރަސްމީ ލިޔުމެއް ނުވަތަ އެހެން އެއްވެސް މުދަލެއް ވެސް ގެއްލި ނުވަތަ މަދުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު