ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދާރީވުމުގެ މަގުސަދުގައި ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އައު ސެޝަނެއް ތިން ވަޒީރަކާއެކު މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާރޭ 21:00 އިން ފެށިގެން ދެ ގަޑިއިރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބައިވެރިވެވަޑައިގަންނަވާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމްގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ މާލަމަށް ހާޒިރުވެގެން ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ އިތުރުން، "ޕީއެސްއެމް އެއާ" އެޕްލިކޭޝަން މެދުވެރިކޮށް ވެސް އާންމުންނަށް ސުވާލުތައް ފޮނުވުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ދެފުށް ފެންނަ، ޖަވާބުދާރީވަނިވި ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ މި ފޯރަމަކީ، ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންނާ ގާތުން މައުލޫމާތު ބަދަލުކުރުމަށް ފަހިކޮށްދީފައިވާ މުހިންމު މަންސައެކެވެ.

ކިޔުންތެރިންގެ ހިޔާލު