އިސްރާއީލުގެ ޒަޔަނިސްޓު ސިފައިން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓުވުމަށް، ދުނިޔޭގެ އެންމެ ބޮޑު މަހާސިންތާ ކަމަށްވާ އދ. ގެ އާންމު މަޖިލީހުގެ ޕްލެޓްފޯމުގައި ދިވެހިރާއްޖެއިން ވަރުގަދައަށް އަޑުއުފުލައި، އެކަމަށް ސީދާ ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވަނީ އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އުދުވާންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔޭގެ އެއްވެސް ބިމެއްގައި މިނިވަން ދައުލަތެއްގެ ގޮތުގައި ދިރިއުޅުމުގެ އަސާސީ ހައްގު، ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ވުރެ ބޮޑަށް ނިގުޅައިގަނެވިފައިވާ ބަޔަކު ނެތްކަން ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުގެ އުދުވާނަކީ ހަމައެކަނި ޣައްޒާއަށް އަމާޒުވެފައިވާ ހަމަލާތަކެއް ނޫންކަމަށާއި، އެއީ މުޅި މެދުއިރުމަތީގެ ގައުމުތަކުގެ ސިޔާދަތަށް އަރައިގަނެ، ސަރަހައްދީ ހަމަޖެހުމާއި ސުލްހަ އެއްކޮށް ނަގާލުމަށް ހިންގާ ޖަރީމާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ނިޒާމުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަވަމުން ނައިބު ރައީސް ވިދާޅުވީ، އިސްރާއީލުގެ މި އަނިޔާވެރި އަމަލުތައް ހަމައެކަނި ބަހުން ކުށްވެރިކޮށްލުމަކުން ދެން ނުފުދޭނެ ކަމަށެވެ. އަދި މި ޖަރީމާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ، އދ. އާއި ދުނިޔޭގެ ބާރުތަކުން އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކަކީ ހަމައެކަނި ނިކަމެތި، ބަލިކަށި ގައުމުތަކަށް އެކަނި ތަންފީޒުވާ އަދި ބާރުގަދަ ގައުމުތަކަށް އިސްތިސްނާ ލިބޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި، އިންސާފުގެ ހަމަތައް ހުރިހާ ގައުމަކަށް ވެސް އެއް މިންގަނޑަކުން ހިނގަންޖެހޭނެ ކަމަށް ވަކާލާތު ކުރެއްވިއެވެ.
މި ތަގުރީރުގައި، ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ފުރިހަމައަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފަދަ އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި، ރައްކާތެރިކަމާއެކު އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކަށާއި އދ. ގެ ގަރާރުތަކަށް އިހުތިރާމްކޮށް، އެ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށް އިސްރާއީލަށް މަޖުބޫރުކުރުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭނީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ހައްގުގައި ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުގެ ނަމުގައި އަލުން ތަކުރާރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު