ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަންހެން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރަންޖެހޭ 10 މެންބަރުން، މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާގައި އިންތިހާބުކޮށްފިއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މި އިންތިހާބުގައި، އަންހެނުންގެ މަޖިލީހުގެ 10 ގޮނޑިއަށް ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މި އިންތިހާބުގެ ވޯޓުލުން 10 މިނެޓުގެ މުއްދަތަކަށް ކުރިއަށް ގެންދިޔައިރު، ޕާޓީގެ 1،085 މެންބަރަކު ވަނީ ވޯޓު ދީފައެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ލިސްޓުގެ އެއްވަނަ ހޯއްދެވީ މަރިޔަމް ޝިއުނާއެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި 10 މެންބަރުންނާއި ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތައް:
- މަރިޔަމް ޝިއުނާ (931 ވޯޓު)
- ޝެރީނާ އަބްދުއްސަމަދު (885 ވޯޓު)
- ފާތިމަތު މިޒުނާ އަލީ (881 ވޯޓު)
- މަރްޔަމް ސާމިޔާ (870 ވޯޓު)
- އާއިޝަތު މުހައްމަދު (863 ވޯޓު)
- އާމިނަތު ނަމްޒާ (846 ވޯޓު)
- އާސިޔަތު ރީސާ މުހައްމަދު (843 ވޯޓު)
- ފާތިމަތު މުހައްމަދު (841 ވޯޓު)
- ފާތިމަތު ރުހްސާނާ (837 ވޯޓު)
- އާމިނަތު ޝުހުދާ (819 ވޯޓު)
ޕީއެންސީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން އައްޔަނުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޕީއެންސީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އިންތިހާބަކާ ނުލައި މަތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅެކެވެ. އެހެންކަމުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ އެ ޕާޓީގެ މަތީ މަޖިލީހުގެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު