ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ތެރެއިން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ތެރެއިން
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ކުރިއަށް އޮތް ދައުރަށް ޕާޓީގެ ލީޑަރޝިޕް ވަރުގަދަކުރުމަށްޓަކައި ބޭއްވި ޚާއްޞަ ކޮންގްރެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ގިނަ ޢަދަދެއްގެ މަންދޫބުން ބައިވެރިވި މި ކޮންގްރެސްގައި އެންމެ ފޯރިގަދަ އަދި ވާދަވެރި ހަރަކާތަކަށް ވެގެންދިޔައީ ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ހޮވުމަށް ބޭއްވުނު އިންތިޚާބެވެ.

މިގޮތުން ޕާޓީގެ ނައިބު ރައީސްކަމުގެ މުހިންމު މަޤާމުތަކަށް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން ގިނަ ބޭފުޅުންތަކެއް ވާދަކުރެއްވިއިރު، މަންދޫބުންގެ އަޣްލަބިއްޔަތުން ވަނީ ކުރިއަށް އޮތް ދައުރަށް ޕާޓީ ހިންގުމުގައި އިސްދައުރެއް އަދާކުރައްވާނެ އައު ނައިބު ރައީސުން އިންތިޚާބުކޮށްފައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން:

ޢަބްދުﷲ ރާފިޢު: 968 ވޯޓު

އަޙްމަދު ޝިޔާމް: 954 ވޯޓު

ފާޠިމަތު ސަޢުދާ: 923 ވޯޓު

އިބްރާހިމް ޝުޖާޢު: 852 ވޯޓު

މުޙައްމަދު ސަޢީދު: 833 ވޯޓު

މުޙައްމަދު ޙުސައިން ޝަރީފް (މުންދު): 780 ވޯޓު

މުޙައްމަދު ނިމާލް: 301 ވޯޓު

މި އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުގައި ސޮއިކުރެއްވުން އޮންނާނީ، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ކޮންގްރެސްއަކީ ޕީއެންސީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ދައުރަށް ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. އިންތިޚާބުވި އައު ލީޑަރޝިޕާއެކު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމުގައި އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު