ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމަށްފަހު މަޑުނުކޮށް ފިލަން އުޅުނު ޒުވާނަކު، ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމަށްފަހު، އެ އުޅަނދު މަޑުނުކޮށް ދިޔަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ އުޅަނދު ދުއްވަން އިން މީހާ ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. ފުލުހުން ބުނީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން، އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު ބަނގުރާ ހުރި ދަޅަކާއި، ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ނެސްޓް، އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުންވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
— Maldives Police (@PoliceMv) September 15, 2026
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން… pic.twitter.com/Ur8iiszx1q
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު