އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ މައި ލިންކް ރޯޑު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީ ކޮންގްރެސް ތެރެއިން މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއު ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މި ހަފުތާގެ ތެރޭގައި ނިންމައި، ކުރިއަށް އޮތް ހަފުތާގައި އެ މަސައްކަތް ރަސްމީކޮށް ހަވާލުކުރެވޭނެއެވެ. އަދި މަސައްކަތް ހަވާލުކުރުމާއެކު، އަންނަ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ބާރުމިނެއްގައި ފެށިގެން ކުރިއަށްދާނެއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ ލިންކް ރޯޑުގެ ހަލާކުވެފައިވާ ސަރަހައްދުތަކާއި ރަށްތަކުގެ ދެމެދުގައިވާ މަގުގެ ބައިތައް ރަނގަޅު ފެންވަރަކަށް އަލުން ތާރުއަޅައި މަރާމާތު ކުރުމުގެ މަސައްކަތެވެ.
މީގެއިތުރުން، އައްޑޫ ފޭދޫގައި އަބަދުވެސް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީވެސް މި މަޝްރޫއުގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އައްޑޫ ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައެވެ.
އެގޮތުން އެކި ދުވަސްވަރު ކުރާ ވިއްސާރައިގައި މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން، އެ މަގުގައި ވެހިކަލްތައް ނުދުއްވުމަށް އިލްތިމާސްކޮށް އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ބަޔާންތައް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު