ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ސަރަޙައްދުން 110 މިލިއަން ޓަނުގެ ޔުރޭނިއަމް އަދި އަގުހުރި ނާދިރު މައުދަންތައް (ރެއާ އާރތް އެލިމެންޓްސް) އެކުލެވޭ ރޯ މެޓީރިއަލް ފެނިފައިވާކަން އެ ޤައުމުގެ އެނާޖީ މިނިސްޓަރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން އިޢުލާން ކުރައްވައިފިއެވެ.
މި ބޮޑު ހޯދުން އިޢުލާން ކުރެއްވީ އޮސްޓްރިއާގެ ވިއެންނާގައި ކުރިއަށްދާ އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއީއޭ) ގެ ޖެނެރަލް ކޮންފަރެންސްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މައުދަންތައް ފެނިފައިވަނީ މަދީނާ ސަރަޙައްދުގައި ކުރިއަށްދާ "ޖަބަލް ސާޔިދު" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ޖިއޮލޮޖިކަލް ދިރާސާތަކާއި އެކްސްޕްލޮރޭޝަން މަސައްކަތްތަކުންނެވެ.
ފެނުނު ރޯ މެޓީރިއަލްގެ ތެރޭގައި މަތީ މިންވަރަކަށް ޔުރޭނިއަމްގެ އިތުރުން، އާންމުކޮށް މަދުން ނޫނީ ނުފެންނަ އަދި ސިނާޢީ ގޮތުން ނުހަނު މުހިންމު "ރެއާ އާރތް" މައުދަންތައް ހިމެނެއެވެ.
މިއީ ދުނިޔޭގެ ނިސްބަތުންވެސް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް މައުދަން ކަޝްފު ކަމަށް ސަޢޫދީން ބުނެއެވެ.
މި ހޯދުމަކީ ސަޢޫދީ ޢަރަބިއްޔާގެ "ވިޜަން 2030" ގެ ދަށުން، ހަމައެކަނި ތެލަށް ބަރޯސާވުމުގެ ބަދަލުގައި އިޤްތިޞާދު ތަފާތުކޮށް މައިނިންގ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ސަޢޫދީން ދަނީ އެ ޤައުމުގެ ސިވިލިއަން ނިއުކްލިއަރ ހަކަތައިގެ ޕްރޮގްރާމްތަކަށް ބޭނުންވާ ޔުރޭނިއަމް އަމިއްލަ ފަސްގަނޑުން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު