ޖަރުމަނުވިލާތުގެ ޑުސެލްޑޯފުގައި ބޭއްވި ނިއު ބެލެންސް 1 މޭލު ދުވުމުގެ ރޭހުގައި ވާދަކޮށް، ދިވެހިރާއްޖޭގެ ގައުމީ ރެކޯޑް ދުވުންތެރިޔާ ޝަމްހާ އަހްމަދު 1 މޭލު ދުވުމުގެ ގައުމީ ރެކޯޑް އަނެއްކާވެސް މުގުރާލައިފިއެވެ.
ދުނިޔޭގެ ފެންވަރުގެ ރެކޯޑްތައް ހެދުމަށް މަޝްހޫރު މި ރޭހުގައި މީގެ ކުރިން 2024 އަދި 2025 ވަނަ އަހަރުވެސް ޝަމްހާ ވަނީ ވާދަކޮށްފައެވެ.
މިއީ މި ރޭހުގައި އޭނާ ބައިވެރިވި ތިންވަނަ ފަހަރެވެ.
2022 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި މެދުދުރާއި ދުރުރާސްތާ ދުވުންތަކުގައި ވާދަކުރަމުން އަންނަ ޝަމްހާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ދުރުރާސްތާ ދުވުމުން އެންމެ ގިނަ ގައުމީ ރެކޯޑް ހަދާފައިވާ އެތުލީޓެވެ.
އޭނާގެ ރެކޯޑްތަކުގެ ތެރޭގައި ޖަރުމަނުގެ ބާލިން މެރެތަން، ބަންގްލަދޭޝްގެ ހާފް މެރެތަންއާއި 20 ކިލޯމީޓަރު ރޭސް، އަދި ޔޫރަޕްގެ ތަފާތު ގައުމުތަކުގައި ބޭއްވި 5،000 މީޓަރާއި 10،000 މީޓަރުގެ އިތުރުން 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑްތައް ހިމެނެއެވެ.
މީގެ އިތުރުން، 100 މީޓަރާއި 200 މީޓަރުގެ ކުރު ދުވުންތަކުގެ ގައުމީ ރެކޯޑްތައްވެސް މީގެ ކުރިން މުގުރާލާފައިވާ ޝަމްހާގެ 100 މީޓަރު ދުވުމުގެ އެންމެ އަވަސް ވަގުތަކީ 12.27 ސިކުންތެވެ.
ޝަމްހާގެ ކޯޗު ނަސްރުﷲ އަހްމަދު ފާހަގަކުރި ގޮތުގައި، ފުލްޓައިމް ވަޒީފާއެއް އަދާކުރަމުން އަދި ތިން ދަރިން ބަލަހައްޓަމުން ދުވާލަކު ދެ އިރު ޓްރެއިނިން ހަދައިގެން ގައުމަށް ރީތި ނަން ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތަކީ އެހެން އެތުލީޓުންނަށް ހުރި ނަމޫނާއެކެވެ.
ޝަމްހާގެ ހުނަރުވެރިކަމާއި، އަޚުލާޤާއި، އަދި ދުވުމަށް އޮތް ޝައުޤުވެރިކަމުގެ ސަބަބުން ރާއްޖޭގެ ދުރުރާސްތާ ދުވުމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކޯޗު އުންމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު