މުޙައްމަދު ޝާނީޒް
މުޙައްމަދު ޝާނީޒް
ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދަނީ މާލެ، ގ. ޓިބެޓް، އުމުރުން 48 އަހަރުގެ މުޙައްމަދު ޝާނީޒެވެ.

އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ހާޒިރުވާން އެންގުމުންވެސް ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ސެޕްޓެމްބަރު 10 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.

މުޙައްމަދު ޝާނީޒްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު