މީގެ 23 އަހަރު ކުރިން ހުޅުމާލެއިން ގޯތި ލިބި ބިން ހަވާލުނުކުރެވި އޮތް އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ހުޅުމާލެއިން ބިމެއް ވިއްކުމަށް ނިންމި މައްސަލައިގައި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑު" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން، އަހުމަދު ޒާހިރަށް ހުޅުމާލެ ފޭސް 1 އިން 904 އަކަފޫޓުގެ ބިމެއް 339،000 ރުފިޔާއަށް ލިބިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ.
ނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ހުށަހެޅި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބިން އޭނާއަށް ހަވާލުކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންކަމުން، މީގެ ގާތްގަނޑަކަށް 23 އަހަރުވީ މި މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެފަރާތުން އެދެމުންދާތީ، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، ކުރިން އެއްބަސްވެފައިވާ ކޮމާޝަލް ޓާމްސްތަކާ އެއްގޮތަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ވިއްކުމަށް ނިންމީ ކަމަށް ބަޔާނުގައިވެއެވެ.
މިގޮތުން ވިއްކުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ އަސާސީ ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައިވާ ބިމުގެ އެއްބަސްވުން ބާތިލުކުރުމުން މިނިސްޓްރީއަށް އަނބުރާ ލިބިފައިވާ ބިމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އަހުމަދު ޒާހިރަށް މި ބިން ވިއްކުމަށް ނިންމާފައިވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓާ ގުޅޭ އެންމެހައި ހައްގުތައް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހައުސިން މިނިސްޓްރީގެ އިންޓާނަލް މެމޯގައިވާ ގޮތުން، އަހުމަދު ޒާހިރަށް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެއިން 1،250 އަކަފޫޓުގެ ބިމެކެވެ. އެ ބިން ދޫކޮށްފައިވަނީ އަކަފޫޓަކަށް 375 ރުފިޔާގެ މަގުން، ޖުމްލަ 468،750 ރުފިޔާއަށެވެ. އަދި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޑްވާންސްގެ ގޮތުގައި 50،000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ ފަސް އަހަރު ދުވަހަށް ބަހާލައިގެން ދައްކާ ގޮތަށެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިންޓާނަލް މެމޯ ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ހޯދުމަށް 23 އަހަރު ވަންދެން އިންތިޒާރުކުރި އުމުރުން ދުވަސްވީ މީހަކަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި މައްސަލައިގައި ކަނޑައެޅިފައިވާ އެއްވެސް އުސޫލަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފަރާތާއެކު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އޭސީސީގެ ބަހެއް ހޯދުމަށްފަހު، އެއްބަސްވުމަށް ގާނޫނީ ލަފާ ލިބުމުން ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ނޫސް ބަޔާން pic.twitter.com/J7Mhkwo2ex
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 9, 2026

ކިޔުންތެރިންގެ ހިޔާލު