ތައިލެންޑުގެ މަޤްބޫލު ފަތުރުވެރި ސަރަޙައްދުތަކުގައި ޢާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅިގެން، އިސްރާއީލުގެ ބައެއް ފަތުރުވެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން ފެންނަ ނޭދެވޭ އަދި ބަލައިނުގަނެވޭ ޢަމަލުތަކުގެ ކަންބޮޑުވުން ތައިލެންޑް ސަރުކާރުން އިސްރާއީލާ ސީދާ ޙިއްޞާކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ތައިލެންޑުގެ ޚާރިޖީ ވަޒީރު ސިހަސަކް ފުއަންގްކެޓްކެއޯ ވަނީ އިސްރާއީލުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލޯނާ ފިޝަރ-ކަމް އާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ޚާއްޞަކޮށް ފުކެޓް، ކޯ ސަމުއީ އަދި ކޯ ޕަންގަން ފަދަ ސަރަޙައްދުތަކުގައި އިސްރާއީލުގެ ރައްޔިތުންގެ ފަރާތުން ފެންނަ މައްސަލަތަކަށް އަލިއަޅުވާލެއްވިއެވެ.
ތައިލެންޑުގެ ކަމާބެހޭ އިދާރާތަކަށް ލިބިފައިވާ ރިޕޯޓްތަކުގައިވާ ގޮތުން، އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެމެދު ހިނގާ ހަމަނުޖެހުންތަކާއި، މުޖުތަމަޢުގެ އަދަބު އަޚްލާޤާ ޚިލާފު ޢަމަލުތަކުގެ އިތުރުން ޤާނޫނާ ޚިލާފަށް ވިޔަފާރިކުރުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި މިލްކުކުރުމުގައި އޮންނަ ހިފެހެއްޓުންތަކުން ސަލާމަތްވުމަށްޓަކައި، ތައިލެންޑުގެ ރައްޔިތުންގެ ނަން ބޭނުންކޮށްގެން ހިންގާ ޤަވާޢިދާ ޚިލާފު މުޢާމަލާތްތައް ވެސް ހިމެނެއެވެ.
ޚާރިޖީ ވަޒީރު ސިހަސަކް ވިދާޅުވީ، ތައިލެންޑަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔާ ޤައުމެއް ނަމަވެސް، އެއްވެސް ޤައުމެއްގެ ފަތުރުވެރިއަކަށް އެ ޤައުމުގެ ޤާނޫނުތަކާއި ސަޤާފަތަށް އިޙްތިރާމް ނުކޮށް އުޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ.
"ތައިލެންޑަކީ ފަތުރުވެރިންނަށް މަރުޙަބާ ކިޔާ ޤައުމެއް. ނަމަވެސް އޭގެ މާނައަކީ، ކޮންމެ ޤައުމަކަށް ނިސްބަތްވި ކަމުގައި ވިޔަސް، ފަތުރުވެރިންނަށް ހިތުހުރި ގޮތަކަށް އުޅެވިދާނެޔޭ ނޫން،" ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައާ މެދު ޢާންމުންގެ މެދުގައި ކަންބޮޑުވުން ބޮޑުވެފައިވާއިރު، މަދަނީ ޖަމްޢިއްޔާތަކާއި ޢާންމު ރައްޔިތުން ދަނީ އެ ސަރަޙައްދުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޕުކެޓް ގައި ރައްޔިތުން ނުކުމެ ވަނީ، އެ ޤައުމުގެ މުޖުތަމަޢަށް އިޙްތިރާމް ކުޑަކުރާ ފަތުރުވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި އިޙްތިޖާޖު ވެސް ކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ތައިލެންޑަށް ޒިޔާރަތްކުރާ އިސްރާއީލު ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ 277،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ތައިލެންޑަށް ގޮސްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ސަފީރު ވަނީ ތައިލެންޑުގެ ކަންބޮޑުވުންތައް ބަލައިގެންފައެވެ. އަދި ތައިލެންޑުގެ ޤާނޫނުތަކާއި އާދަކާދަތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލުގެ ފަތުރުވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމަށް ދެފަރާތުން މަޝްވަރާކޮށްފައިވެއެވެ.
ތައިލެންޑް ސަރުކާރުން އިސްރާއީލުގެ ސަފީރާ ސީދާ މި މައްސަލަ ޙިއްޞާކުރުމުން ދޭހަވަނީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދޭ ސަމާލުކަމެވެ. އަދި ތައިލެންޑުގެ މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ؛ ފަތުރުވެރިންނަށް އަބަދުވެސް މަރުޙަބާ ކިޔާނެއެވެ. ނަމަވެސް، ކޮންމެ ޤައުމެއްގެ މީހަކު ނަމަވެސް، ޤައުމުގެ ޤާނޫނުތަކަށާއި ސަޤާފަތަށް އަދި ރައްޔިތުންނަށް އިޙްތިރާމް ކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު