ޕެންޝަން އޮފީސް
ޕެންޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އަމިއްލަ ދާއިރާގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އެ އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް އެ އޮފީހުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދަނީ އެގްޒެކެޓިވް ބޯޑަކުންނެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ބޯޑުގައި ތިއްބަވަނީ ޖުމްލަ އަށް މެންބަރުންނެވެ. ނަމަވެސް، ޕެންޝަނާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އަލަށް ގެނައި މި ބަދަލާއެކު، ދެން އެ ބޯޑުގައި ތިއްބަވާނީ ނޮން-އެގްޒެކެޓިވް ނުވަ މެންބަރުންނެވެ.

މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓާ) ތަމްސީލުކުރާ މެންބަރުންގެ އަދަދަށެވެ. މީގެ ކުރިން އަމިއްލަ ދާއިރާއިން ހަތަރު މެންބަރުން ބޯޑުގައި ތިއްބެވި ނަމަވެސް، މިހާރު އެ އަދަދު ވަނީ ފަހަކަށް އިތުރުކޮށްފައެވެ.

އަލަށް ގެނެވުނު އިސްލާހުގެ ދަށުން ޕެންޝަން ބޯޑު އެކުލެވިގެންވަނީ:

ބޯޑުގެ ޗެއާޕާސަން

ދައުލަތުގެ މާލިއްޔަތާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް

އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް

ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް

ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަސް މެންބަރުން

ޕެންޝަން އޮފީހުގެ ގަވަނަންސް ކޯޑަށް ގެނައި މި އިސްލާހާ ގުޅިގެން، އެ އޮފީހުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓާނީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. އަދި އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސީއީއޯގެ ސީދާ އިރުޝާދާއި ބެލުމުގެ ދަށުން މެނޭޖުމަންޓުންނެވެ.

މި ބަދަލުގެ ސަބަބުން ޕެންޝަން އޮފީހުގެ ކަންކަން ނިންމުމުގައި އަމިއްލަ ދާއިރާގެ ހިއްސާ ބޮޑުވެ، އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް