ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން، ރާއްޖޭގެ މަގުބޫލު ބައެއް މީޑިއާތައް ބާކީކޮށްފައިވާތީ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޖޭއޭ އިން ބުނީ، މިއަދު މެންދުރު 1:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުން، ގިނަ ބަޔަކު އާންމުކޮށް ބަލާ އަދި މަގުބޫލު ބައެއް މީޑިއާތައް ބާކީކޮށްފައިވާތީ، އެކަމުގެ ޝަކުވާ އެމްޖޭއޭގެ މެންބަރު ނޫސްވެރިންގެ ފަރާތުން އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއް ގައި އެމްޖޭއޭ އިން ބުނީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ސީދާ ގޮތުން ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ. އަދި ބައެއް މީޑިއާތައް ބާކީކޮށްފައިވާތީ އެ ޖަމިއްޔާއިން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޖޭއޭ އިން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ރައްޔިތުންނަށް މަޢުލޫމާތު ލިބުމުގެ ޙައްޤަށް އެ އޮފީހުން ހުރަސްއެޅުން ކަމަށް ދެކޭ ކަމަށެވެ.
އަދި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ހުރިހާ ނޫސް މީޑިއާތަކަށް ހަމަހަމަ ފުރުޞަތުތަކާއި އެއްހަމައަކުން މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމްޖޭއޭއިން ވަނީ އިލްތިމާސްކޮށް ގޮވާލާފައެވެ.
އެމްޖޭއޭ އިން މިމޭރުމުން ބަޔާނެއް ނެރެފައިވާއިރު، ރައީސް މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ފޮނުއްވާފައިވަނީ ވަކިވަކި މީޑިއާތަކަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ނުދޭ މީޑިއާތަކުގެ ތެރޭގައި ޢަދަދު، ދައުރު އަދި ރާއްޖެ ޓީވީ ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން ރައީސް މިއަދު ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު ދޭންވީ ފަރާތްތަކާއި ދައުވަތު ދޭންވީ ގޮތް އެމަނިކުފާނު ކަނޑަނާޅުއްވާ ކަމަށާއި، އެކަން ހިނގައިދިޔަގޮތް ރައީސް އޮފީހުގެ ކަމާބެހޭ ސެކްޝަނުން ސާފުކުރެއްވުމަށްފަހު ޖަވާބު ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު