މިދިޔަ އެމްޑީޕީގެ ސަރުކާރުން ވިއްކާލި ދިރާގުގެ ހިއްސާ އަނބުރާ ހޯދައި މެޖޯރިޓީ ސަރުކާރަށް ބަދަލުކޮށް އަދި އެމްޑަބްލިޔުއެސްސީ، 100 ޕަސެންޓް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދިރާގުގެ ސަރުކާރު ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވިއްކާލި ދިރާގުގެ މެޖޯރިޓީ ހިއްސާ އަނބުރާ ހޯދުމަކީ ރައްޔިތުންގެ ލާބައާއި ގައުމީ އިގްތިސާދު ފުޅާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން، އިދާރީ، ގާނޫނީ އަދި މާލީ އިޖުރާއަތްތައް ހިމެނޭހެން މި މަސައްކަތް ވަރަށް ބާރުސްޕީޑްގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީ ސަރުކާރުގައި ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ގަނެ، އެ ކުންފުންޏަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މި ދެ މަސައްކަތްވެސް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު