މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
ދިވެހިންގެ ތަރައްޤީއަށް އޮތް ހުރަހަކީ ރާއްޖެ އުފެދިފައިވާ، އިންޑިއާ ކަނޑު ކަމުގައި ނުހެއްދެވުމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ހިންގި ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ބްރިޖު ހުޅުވި ރަސްމިއްޔާތުގެ މަންޒަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައި ސައީދު ވިދާޅުވީ، މި ސަރުކާރު މިއަދު މިވަނީ، ވެރިކަމަށް އައުމަށްޓަކައި ވީ ވަޢުދުތަކުގެ ދަންތުރައިގައި އަމިއްލައަށް ޖެހި ފިތިފައި ކަމަށެވެ.

"އިންޓަނޭޝަނަލް ޕަވަރ ޕޮލިޓިކްސްގެ ތެރެއަށް ރާއްޖެ ވައްޓާލީ މި ސަރުކާރުގެ ބޮޑުންނާއި ވާގިވެރިވާ ފަރާތްތަކުން. ދިވެހީންގެ ތަރައްޤީއަށް އޮތް ހުރަހަކީ ރާއްޖެ އޮތް ކަނޑު ކަމުގައި ނުހައްދަވާ." ރައީސް ޔާމީނު ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.



ސަޢީދު މިފަދަ ޓްވީޓެއް ކުރަށްވާފައިވާއިރު، ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އެކުގައި މަސައްކަތްކުރި ޗައިނާއަށް، ރާއްޖޭގެ ފަސްގަނޑުގައި ހުރެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޗައިނާއިންވެސް ވަނީ އެމެރިކާއަށް ހޫނު ރައްދެއް ދީފައެވެ.

އެމެރިކާ އާއި ރާއްޖެއިން ދާދި ފަހުން ސޮއިކުރި ދިފާޢީ އެއްބަސްވުމުގެ ސަބަބުން އިންޑޯ-ޕެސިފިކް އެލަޔަންސަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭއިރު، މި އެއްބަސްވުމާއެކު އިންޑޯ-ޕެސިފިކުން ޗައިނާގެ ނުފޫޒު ކުޑަކޮށް ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ސަރަހައްދު ބޭއްވުމަށް އެމެރިކާ އިން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް ލަންކާގައި ހުންނަވާ އެމެރިކާ ސަފީރު ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެމެރިކާގެ މި މަސައްކަތަށް މި ސަރުކާރުގެ ބައިނަލްއަޤުވާމީ އެންމެ ގާތް މަދަދުވެރިޔާ ކަމަށްވާ އިންޑިއާގެ ފުރިހަމަ ތާއީދާއި ރުހުން ވަނީ ދީފަ އެވެ.

ޕޮމްޕިއޯ ރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމެއް ކަމަށް ބެލެވިފައިވާއިރު ސަޢީދު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވެސް ވަނީ ޕޮމްޕެއޯގެ ދަތުރަށް މަރުހަބާ ކިޔައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން