ކާރިސާތަކާއި ކުއްލި އެމަރޖެންސީގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން އެ އޮތޯރިޓީއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މަގުސަދުގައި ދެއްވި މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއްވެސް މި ބިމުގައި ތަރައްޤީކުރެވިގެންދާނެއެވެ.
މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމާއި ޚިދުމަތްތައް ކުރިއަށްވުރެ އެތައް ގުނައަކަށް އަވަސްވެ، ހަރުދަނާވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު