އާބާދީ މަދު ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން ވެސް ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފިއެވެ. މިކަމާ ގުޅޭ ހާއްސަ އުސޫލެއް އެ ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ އެކުލަވާލައި އާންމުކޮށްފައެވެ.
ސީއެސްސީން ބުނީ، މި އުސޫލަކީ ކައުންސިލް އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން އެ އިދާރާއެއް ގާއިމުވެފައިވާ ރަށަކުން ނުލިބިއްޖެ ހާލަތެއްގައި، އެ އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ ގޮތަށް ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލު ކަމަށެވެ.
އަލަށް އެކުލަވާލި އުސޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލެވޭނީ މުވައްޒަފު ނަގަން ބޭނުންވާ ރަށު ކައުންސިލްގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ހަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަގާމުތަކަށެވެ. އަދި މިގޮތަށް މުވައްޒަފުން ހޯދުމަށް އިއުލާނު ކުރަންވާނީ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށެވެ.
މީގެއިތުރުން، މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ފަހިކޮށްދޭންވާނެ ކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ. އަދި އެ މުވައްޒަފަކު މަސައްކަތް ކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި، މުސާރައާއި އިނާޔަތްތަކަށް ހިނގާނެ އެންމެހާ ހަރަދުތައް ބަލަހައްޓާނީ އެ މުވައްޒަފެއްގެ ވަޒީފާ އޮތް އަސްލު ކައުންސިލްގެ އިދާރާއިންނެވެ.
މި އުސޫލުގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރާނީ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑު"ގައިވާ ގޮތުގެ މަތީންނެވެ.
ހަމައެއާއެކު، މިގޮތަށް ހަމަޖައްސާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުން ފަދަ ވަޒީފާއާ ގުޅުންހުރި އެންމެހައި ކަންކަމުގައި އަމަލުކުރާނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ އިތުރުން، އެފަދަ ކަންކަމަށް ސީއެސްސީން އެކުލަވާލާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު