ނޭޕާލަށް މިދިޔަ ހަފުތާގައި ކުރިމަތިވި ނުރައްކާތެރި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1,127 އަށް އަރައިފިއެވެ.
ކާރިސާއަށް ހަފުތާއެއް ވެގެންދިޔައިރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
ނޭޕާލް ފުލުހުންގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ޗިތުވާން ސަރަޙައްދުންނެވެ. އެގޮތުން އެ ސަރަޙައްދުން އިތުރު 348 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ނަވަލްޕަރާސީ އީސްޓުން 217 މީހުން، ނަވަލްޕަރާސީ ވެސްޓުން 190 މީހުން އަދި ނުވަކޮޓް ސަރަޙައްދުން 155 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މީގެއިތުރުން ގޯރްކާ އިން 66 ހަށިގަނޑު، ދާދިންގް އިން 59، ރަސުވާ އިން 45 އަދި ތަނަހޫ އިން 38 މީހެއްގެ ހަށިގަނޑު ވަނީ ހޯދައިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިހާތަނަށް ފެނުނު ހަށިގަނޑުތަކުގެ ތެރެއިން 1,113 މީހެއްގެ ޕޯސްޓްމޯޓަމް އަދި ޤާނޫނީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ވަނީ ނިންމާފައެވެ. އަދި އޭގެ ތެރެއިން 95 މީހެއްގެ ހަށިގަނޑު އާއިލާތަކާ ވަނީ ހަވާލުކުރެވިފައެވެ. މީގެއިތުރުން، ކާކުކަން ދެނެގަނެވިފައިނުވާ 911 ހަށިގަނޑެއްގެ ތަފްސީލު، އާއިލާތަކަށް އެމީހުންގެ ގެއްލިފައިވާ މީހުން ދެނެގަތުމަށް ފަސޭހައަކަށް ފުލުހުންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.
މި ކާރިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ފެންބޮޑުވި ސަރަޙައްދުތަކުން މިހާތަނަށް 6,541 މީހުން ސަލާމަތްކޮށްފައެވެ. ނަމަވެސް، އަދިވެސް ގެއްލިފައިވާ 4,858 މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން މެދުކެނޑުމެއްނެތި ދަނީ ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަނުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އިތުރުން، އެހީ ބެހުމާއި ހަށިގަނޑުތައް ބެލެހެއްޓުމުގެ މަސައްކަތަށް 7,912 ފުލުހުން ވަނީ ހަރަކާތްތެރިކޮށްފައެވެ.
ފުލުހުންގެ ޓީމުތަކުން ދަނީ ނުރައްކާ ބޮޑު ސަރަޙައްދުތަކުގައި ދިރިއުޅޭ އާއިލާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރުމާއި، ކިސަޑާއި ބޮޑެތި ގާތަކުން ބަންދުވެފައިވާ މަގުތައް ސާފުކުރުމުގެ އިތުރުން، އެކިއެކި އިދާރާތަކާއި އާންމުންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ކައިރިން ގަނޑުފެނާއި ބިޔަ ހިލަތައް ފައިބައިގެން ދިއުމާ ގުޅިގެން އުފެދުނު ކުއްލި ފެންބޮޑުވުމުގެ ސަބަބުންނެވެ. މި ކާރިސާގައި ނޭޕާލްގެ އުތުރާއި މެދުތެރޭގެ ގިނަ އަވަށްތަކަކާއި ރަށްތަކެއް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު