އަހުމަދު ޝާހް   1 ސެޕްޓެމްބަރު 2026 - 16:53
މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް
މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕަރސަން ކަމުގެ މަޤާމަށް މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، މިފްކޯގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުﷲ ފާއިޒް އައްޔަނުކޮށްފައިވާ ކަމަށެވެ.

ފާއިޒަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މި މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑުގައެވެ.

ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަހުގެ އަގުހުރި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރަށްވާފައިވާ ބޭފުޅެއްވެސް މެއެވެ.

މިފްކޯގެ ޗެއާމަންގެ މަޤާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު