ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެންގޯ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 8.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުން ފެށިގެން ކެންގޯ އާއި ފެނަކައާ ދެމެދު ވެފައިވާ 11 އެއްބަސްވުމަކާއި ދެ ޕާޗޭސް އޯޑަރެއްގެ ދަށުން އެ ކުންފުނިން ފޯރުކޮށްދީފައިވާ އެކިއެކި ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެގޮތުން ޚިދުމަތުގެ އަގަށްވާ 8.3 މިލިއަން ރުފިޔާގެ އިތުރުން، ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހުމުން އެކަމަށް ހިނގި ޚަރަދުގެ ގޮތުގައި 175،000 ރުފިޔާ ހޯދުމަށް ވެސް ކެންގޯ އިން ވަނީ ދައުވާގައި އެދިފައެވެ.
މި ދައުވާއާ ގުޅިގެން ކޯޓުގެ ލިޔެކިޔުންތައް ފެނަކައާ ހަވާލުކުރުމުން، އެ ކުންފުނިން ދައުވާއަށް ޖަވާބުދާރީވުމުގެ ބަދަލުގައި ފުރަތަމަ ވެސް ނެގީ އިހްތިސޯސީ ނުކުތާއެކެވެ. ފެނަކައިން ބުނެފައިވަނީ ކެންގޯގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަކީ މީގެ ކުރިން ފެނަކައިގެ ލީގަލް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދައުވާގައި ބަޔާންކުރާ މުއާމަލާތްތައް ހިނގި ދުވަސްވަރު ވެސް އެ ވަކީލު ހުންނެވީ އެ މަގާމުގައި ކަމަށްވާތީ، މަސްލަހަތު ފުށުއަރާ ކަމަށާއި މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި އެ ވަކީލު ހުށަހަޅަން ޖެހިދާނެތީ އެ ވަކީލަށް ކެންގޯ ތަމްސީލު ނުކުރެއްވޭނެ ކަމަށް ފެނަކައިން ފާހަގަކުރިއެވެ.
ފެނަކައިގެ މި އިއުތިރާޒަށް ރައްދު ދެމުން ކެންގޯ އިން ކޯޓުގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އެ ވަކީލު ފެނަކައަށް ގާނޫނީ ލަފައެއް ދެއްވާފައިވާކަން ނުވަތަ މައްސަލައާ ގުޅޭ ސިއްރު މައުލޫމާތެއް އެނގިވަޑައިގެންފައިވާކަން ސާބިތުވާން ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ފެނަކައިގެ ފަރާތުން އެ ވަކީލު ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރަންޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު، ކޯޓުގެ އިހްތިސޯސާ މެދު ސުވާލު އުފައްދައި ފެނަކައިން ނެގި ނުކުތާ ބަލައިނުގަނެ، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ. ސިވިލް ކޯޓުގެ އެ ނިންމުން ފެނަކައިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ފަދަ އެއްވެސް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު