ރިސޯޓުތަކުގައި ދައުލަތާއި ރައްޔިތުންގެ ހައްގެއް އެކުލެވޭ ކަމަށާއި، ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ ރައްޔިތުން ދަތިހާލުގައި ސަފާކުރަން ނުޖެހޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކުރާ ބިލު ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރަންޖެހޭ މިންވަރު އިތުރު ކުރެއްވުމުން ބައެއް ވިޔަފާރިވެރިން، ޑޮލަރުގެ އަގު ބޮޑުކޮށްލާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް މެސެޖު ކުރެއްވި ކަމަށެވެ.
"ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާކުރަން ޖެހެނީ. ނުޖެހޭނެ އެކަން ކުރާކަށް. ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަ ކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ. ތިމަންނަމެން ބްލެކް މާކެޓުގައި ވެސް ވިއްކާނަމޭ. މިއީ ކަމުދާ ވާހަކައެއް ނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރިސޯޓުތައް ހިންގަނީ ދިވެހިރާއްޖޭގައި ކަމަށްވާތީ، ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށާއި، ރައްޔިތުންގެ ހައްގު ހިމާޔަތްކޮށް ކަންކަން ކުރަނީ ޒިންމާދާރުކަމާއެކު ކަމަށެވެ.
"ރައްޔިތުންގެ ހައްގު އެބައޮތޭ. ރާއްޖޭގައޭ މި ހިންގަނީ މި ރިސޯޓުތައް. މިއީ ދައުލަތުގެ އެއްޗެއްސޭ. ދައުލަތުގެ އެއްޗެހި މިއީ. ކާކަށްތޯ އޮޅުވާލަނީ، އަމިއްލަ ނަފްސަށް އޮޅުވާލަނީ ކީއްކުރަންތޯ،" ރައީސް ވިދާޅުވި އެވެ.
ރިސޯޓުތަކުން 40 ޕަސެންޓު ޑޮލަރު މާރުކުރުމަކީ ވިޔަފާރިތަކަށް ދަތިވާނެ ކަމެއް ނޫން ކަމަށާއި އެއީ ޔަގީންކަމެއް ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި، ހައްގު މިންވަރު ހޯއްދަވައި ދެއްވުމަށް ދޫދެއްވަން ތައްޔާރަށް ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.
"އަޅުގަނޑު ވީ ވައުދުތައްތޯ ހުއްޓާލަންވީ، ނޫނިއްޔާ ތިމަންނަމެން ރިސޯޓު ހިންގައިގެން ލިބޭ ޑޮލަރުން ރައްޔިތުންނަށް ހައްގު މިންވަރު ދޭންވީތޯ. މިއީ ކުރަންވީ ސުވާލަކީ." ރައީސް ވިދާޅުވި އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްކުރާ ބިލު ރައީސް ތަސްދީގު ކުރެއްވީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ރުފިޔާގެ އަގު ދަށްވަމުންދާ ކަމުގެ ކަންބޮޑުވުންތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު