ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވަން އިން މީހާ ދެނެގަނެ ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައި މި ހާދިސާއާ ގުޅިގެން ކުރި ތަހުގީގުން އެ އުޅަނދު ދެނެގަނެ، 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯވ ކޮށްފައެވެ.
މީގެ އިތުރުން، އެ އުޅަނދު ނުރައްކާތެރިކޮށް ދުއްވި ފަރާތް ހޯދައި، އެފަރާތުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން އެފަރާތް ޖޫރިމަނާވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިނަމާލެ ބުރިޖުގައި ކަޅު ކުލައިގެ އެއާ ބްލޭޑް ސައިކަލެއް ދުއްވަމުން، އެއް ފަޅިއަށް ބުރަވެ އިށީނދެގެން އިން މީހެއްގެ ވީޑިއޯއެއް ޓިކްޓޮކްގައި ވަނީ އާންމުވެފައެވެ. ދިހަ ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ ސައިކަލު ދުއްވަމުން އެ މީހާ އެއް ފަޅިއަށް ޖެހިލައިގެން އިނުމަށްފަހު، އަލުން ކުރިން އިން ގޮތަށް ސައިކަލު މަތީ ހަމަޖެހިލާ މަންޒަރެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް އަދި މަގުމަތީގެ ނުރައްކާ އިތުރުވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ފުލުހުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު