މަސްތުގެ ހާލަތުގައި ހުރެ އަނބިމީހާއަށް އިންޒާރުދީ ގަދަކަމުން ކާރު އަތުލައިގެން ދުއްވައި، ފުވައްމުލައް ސިޓީގައި އެއްފަހަރާ ތިން އެކްސިޑެންޓް ކުރި 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 18:22 އެހައިކަންހާއިރު ފުވައްމުލަކު މޫޑިގެ ކުރިމަތިންނެވެ.
ބާރު ދުވެލީގައި ދިޔަ ކާރު އެންމެ ފުރަތަމަ ސައިކަލެއްގައި ޖެހުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރަކާއި މަގުބޭރުގައި ހުރި ރުކެއްގައި ޖެހި އެކްސިޑެންޓްވެފައިވެއެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުންދެއެވެ.
ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އޭނާ އެ ކާރު އަތުލާފައިވަނީ ކާރުގެ ވެރިފަރާތް ކަމަށްވާ އޭނާގެ އަނބިމީހާއަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު ގަދަކަމުންނެވެ.
މި އެކްސިޑެންޓްތަކުގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު